
ފުވައްމުލަކު ވަލުތެރޭގައި ރޯވި އަލިފާން ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
ފުވައްމުލަކު ސިޓީ، ދަނޑިމަގު ކޫލް ބަނާނާ ރެސްޓޯރެންޓާ ދިމާލުން ވަލުތެރޭގައި ރޯވި އަލިފާން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 09:15 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 09:35 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



