ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އޮމާންއަށް

އީރާނާ ބެހޭގޮތުން ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތުތަކާ އޮމާނުން ޚިލާފުވެއްޖެނަމަ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދީފިއެވެ.

ޓްރަމްޕގެ މި އިންޒާރަކީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އޮމާނުން ހުރަސްއަޅައިފިނަމަ، އެ ޤައުމަށް ބޮން އަޅާނެކަމުގެ އިންޒާރެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އިންޒާރު ދީފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ މަގަކާ ބެހޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައިސް، އެކަމާ ގުޅޭ ގުޅިފައިވާ ބަޔާނެއް ނެރުމުގެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއެކުވެސް، އީރާނާއި އުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހޯމަ ދުވަހުވެސް ވަނީ ކުރިއަށް ގޮސްފަނއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަނޑުދަތުރުފަތުރުގެ މަގު ކަނޑައެޅުމުގެ މަސައްކަތަކީ ސަލާމަތީ ގޮތުން ނާޒުކު އަދި ހައްސާސް ކަމަކަށް ވުމުން އެކަމަށް ގިނަ ވަޤުތުތަކެއް ހޭދަވަމުންދާ ކަމަށެވެ.

މި ނިޒާމުގެ ބޭނުމަކީ އީރާނާއި އުމާނުގެ ސިޔާދަތީ ޙައްޤުތަކާއި މަސްލަޙަތުތައް ހިމާޔަތްކުރުމާއެކު ވިޔަފާރި އުޅަނދުފަހަރަށް އަމާންކަމާއެކު ދަތުރުކުރެވޭނެ މަގެއް ކަށަވަރުކުރުން ކަމަށް ބަގާއީ ފާހަގަކުރެއްވި އެވެ. އަދި މިއީ ދެ ޤައުމުގެ ޙައްޤުތައް ރައްކާތެރިކުރަމުން އުޅަނދުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މިފަދަ ނިޒާމެއް އެކުލަވާލެވޭ ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލާއި ޤުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު މިދިޔަ ބަންދު ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި 31 އުޅަނދެއް ދަތުރުކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ދަތުރުކޮށްފައިވަނީ އެންމެ ފަސް އުޅަނދެވެ. އަދި އާދިއްތަ ދުވަހު އެއްވެސް އުޅަނދެއް ދަތުރުކޮށްފައެއް ނުވެ އެވެ.

ހޯމަ ދުވަހު ޓްރަމްޕް ބުނެފައިވަނީ އީރާނުން ”ހުދު ދިދަ އުފުލައި“ ބަލި ޤަބޫލުކުރަން ޖެހޭ ކަމަށާއި އެ ޤައުމުގެ އިޤްތިޞާދު އިނދަޖެހެމުންދާ ކަމަށެވެ. މީގެ އިތުރުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއެކު އެމެރިކާއިން ސީދާ މުޢާމަލާތްތަކެއް ކުރަމުންދާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރި އެވެ.

ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ބުނެފައިވަނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވެފައިވާތީ އިޒްރޭލުން ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ހަމާސްއާއެކުވެސް އެމެރިކާއިން ވަކި މުޢާމަލާތްތަކެއް ކުރަމުންދާ ކަމަށާއި އެ ޖަމާއަތުން ހަތިޔާރު ދޫކޮށްލަމުންދާ ކަމަށެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ގެންގުޅޭ ސުލްޙައިގެ މަޝްރޫއުގެ ދަށުން ހަމާސްގެ ހަތިޔާރު އަތުލުމުގެ ބަދަލުގައި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް އިޒްރޭލުން ވަނީ މި ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.