ތިނަދޫގައި އަލަށް އިމާރާތް ކުރާ މަރުކަޒާއެކު މީހުން ހައްޔަރުކުރުމުގައި ހުރި ގޮންޖެހުންތައް ކުޑަވާނެ: ސީޕީ

ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ނިމުމުން ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ގެ އިތުރުން، ތަޖުރިބާކާރު، ހިދުމަތުގައި ދުވަސްވީ ފުލުހުންގެ ފަރާތުން އަލަށް ހިދުމަތާ ގުޅިފައިވާ ފުލުހުންނަށް ކަންކަން ދަސްކޮށްދީ، ނަމޫނާ ބަޔަކަށް ވުމަށް ކޮމިޝަނަރ އެދިލެއްވި އެވެ.

އަދި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި، މަސައްކަތުގެ ވައްޓަފާޅި އާއި އަޙްލާގީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭގޮތުން ކޮމިޝަނަރ އިރުޝާދު ދެއްވި އެވެ.

މީގެ ކުރިން އެ ރީޖަންގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް ބައްލަވައި، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކޮމިޝަނަރ ހިތްވަރު ދެއްވި އެވެ.

މި ޒިޔާރަތުގައި ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލެއްވި އެވެ.

އަދި މަސައްކަތައް އަވަސް ކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި ސައުތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.