މެލޭޝިއާގައި މަތީތަޢުލީމް ޙާޞިލް ކުރުމަށް ބޭނުންވާ ދަރިވަރުންގެ އެޕްލިކޭޝަން ރެޖިސްޓްރޭޝަންއަށް ”އެޑިއުވިސްޓާ“

މެލޭޝިއާގެ ޔުނިވަރިސިޓީތަކުގައި އެކިދާއިރާތަކުން މަތީ ތަޢުލީމް ޙާޞިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ”އެޑިއުވިސްޓާ“އިން އެޕްލިކޭޝަން ރެޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ.

އެޑިއުވިސްޓާގެ މާކެޓިންގް މެނޭޖަރ އެޓޯލް ނިއުސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި އެޕްލިކޭޝަން ރެޖިސްޓްރޭޝަން އަކީ ދާއިމީ ގޮތެއްގައި ހުޅުވާލެވިގެން ކުރިއަށްދާ ޕްރޮސެސްއެއް ކަމަށާއި، އަދި އެޕްލިކޭޝަން ހުށަލެޅުމަށް އަދި ރެޖިސްޓްރޭޝަން އާއި ސާރވިސް އަށް އެއްވެސް ފީއެއް ދަރިވަރުން އަތުން ނުނަގާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، އެޕްލިކޭޝަން ހުށަހަޅުއްވާތާ ދެދުވަސްތެރޭ އެދިލައްވާ ޕްރޮގްރާމަކަށް ޝަރުތުހަމަވާ ދަރިވަރުންނަށް ޔުނިވަރިސިޓީ އޮފަރ ލެޓަރ ލިބޭނެކަމަށްވެސް ފާހަގަކުރެއްވި އެވެ.

ދަރިވަރުން މަތީ ތަޢުލީމް ޙާޞިލްކުރަން ބޭނުންވާ ގިނަ ދާއިރާތައް މަޢުލޫމާތު ހިމެނޭ ޕޯސްޓްތައް އެޑިއުވިސްޓާގެ އިންސްޓަގްރާމް ޕޭޖް (@eduvistamv)އިން ލިބިވަޑައިގަންނަވާނެ އެވެ.

މީގެ ތެރޭގައި އެމް.ބީ.ބީ.އެސް، ޑެންޓިސްޓްރީ، ފެޝަން ޑިޒައިން، ލޯ، އާކިޓެކްޗަރ، އިންޖިނިއަރިން، ސައިކޮލޮޖީ، ފޮރެންސިކް ސައިންސް، ބަޔޯޓެކްނޮލޮޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.

އަދި ޕޯސްޓްތަކުގައި ހިމެނިފައިނުވާ ދާއިރާތަކުންވެސް މަތީއަޢުލީމް ޙާޞިލްކުރަން ބޭނުންވާނަމަ، އެކަމަށްވެސް އެހީތެރިވެދޭނެކަމަށް އެޑިއުވިސްޓާއިން މަޢުލޫމާތު ދެއްވަ އެވެ.

ތަޢުލީމު ޙާޞިލުކުރުމަށް މެލޭޝިއާއަކީ ދިވެހިންނަށް ވަރަށް މަޤުބޫލު ޤައުމެކެވެ.

ފާއިތުވީ 40 އަހަރުތެރޭގައި މެލޭޝިއާއިން ތަޢުލީމް ޙާޞިލްކޮށް ދިވެހިން ދަނީ ރާޢްޖެ އާއި ރާޢްޖޭން ބޭރުގައިވެސް މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.