ހޮރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ތަނަކަށް ވަރަށް އަވަހަށް ހަދާނެ ކަމަށް ޓްރަމްޕް ބުނެފި

އީރާނުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެ ގައުމުގެ އިގްތިސާދަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ”ވަރަށް އަވަހަށް“ ކަނޑައަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުރްމުޒް ކަނޑުއޮޅީގެ މިލްކުވެރިކަމަށް ދައުވާ ކުރާނެ ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރަށް ރައްދު ދެއްވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އެ ކަނޑުއޮޅިއަކީ އަބަދުވެސް އީރާނުގެ ތަނެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެއް ކަމަށެވެ. އަދި އެމެރިކާ ބަލި ގަބޫލުކުރަންދެން އެ ސަރަހައްދު ބަންދުކޮށްގެން ހިފަހައްޓާފައި ބޭއްވުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީރާނުގެ ބެލިސްޓިކް މިސައިލް އުފެއްދުމުގެ ގާބިލްކަން އެމެރިކާއިން ނައްތާލާފައިވާ ކަމަށް އެ ގައުމުން ބުނަމުންދިޔަ ނަމަވެސް، ކާޓާގެ ސަރުކާރުގައި ހުދު ގަނޑުވަރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވަނީ އެއީ ހަގީގަތާ ހިލާފު ”ޚިޔާލީ ފޮލާއެއް“ ކަމަށް ސިފަކުރައްވާފައެވެ.

އެހެން މުހައްލިލަކު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޓްރަމްޕަށް މިހާރު އޮތީ ދެ ގޮތުން ކުރެ އެއް ގޮތެއް އިޚްތިޔާރު ކުރެއްވުމެވެ. އެއީ ގާތްގަނޑަކަށް 300,000 ސިފައިން އެ ސަރަހައްދަށް ފޮނުވުން ނުވަތަ އީރާނުގެ ކުރިމަތީގައި ނާކާމިޔާބީއާ ކުރިމަތިލުމެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަހުމަދު ވަހީދީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ތާރީޚުގައި ދެެކޭ އެންމެ ވަރުގަދަ އަސްކަރިއްޔާ (އެމެރިކާ) ވަނީ އީރާނުގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިކުރުވާފައެވެ.

ވަހީދީ މިހެން ވިދާޅުވީ އައި.އާރު.ޖީ.ސީގެ މެންބަރުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ފޮނުއްވި ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ. މި ސިޓީ ޝާއިއުކޮށްފައިވަނީ އަސްކަރީ މަޖައްލާއެއް ކަމަށްވާ ”ސެޕާ ނިއުސް“ ގައެވެ.

ކޮމާންޑަރު ވަހީދީ އަކީ ވޭތުވެދިޔަ ހަފުތާގައި އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އެ ގައުމުގެ ދިފާއީ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާއެކު އަލަށް އައްޔަންކުރެއްވި އަސްކަރީ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.