ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ފައިރޫޝް ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނެވުމަށްފަހު ނިންމެވި ނިންމުމެކެވެ. އަދި މިއީ ދައުލަތަށް ޚިދުމަތް ކުރުމުގެ ބާބު ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މަގާމުން ވަކިވެވަޑައިގަންނަވަމުން ފައިރޫޝް ވަނީ ދައުލަތަށް ޚިދުމަތް ކުރުމަށް އޭނާއަށް ލިބުނު ފުރުސަތުތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ވޭތުވެދިޔަ ތަނުގައި އެކުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށާއި، ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތް މުއައްސަސާތަކުގެ ނަން ފާހަގަކުރައްވައި އެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެވުނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޑރ. ފައިރޫޝް އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.