
މިނިސްޓަރ، މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕް އިފްތިތާހުކޮށްދެއްވައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ”ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕް“ އިފްތިތާޙުކޮށްފިއެވެ.
މި ރޯޑްމެޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ.
މި ރޯޑްމެޕް އިފްތިތާހުކޮށްދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، މިއީ ސަރުކާރުގެ ޑިޖިޓަލް ބަދަލުތަކުގެ އެޖެންޑާ ހަލުވިކުރުމަށާއި، ދައުލަތުގެ ޚިދުމަތްތަކަކީ އިތުރަށް ހަރުދަނާ، ފަސޭހައިން ލިބޭ އަދި ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއްދޭ ޚިދުމަތްތަކަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.



