އުކުޅަހުގައި 5 ޓަނުގެ އައިސްޕްލާންޓެއް

ފަރުމަސް ވެރިކަމަށް ހާއްއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓު އއ. އުކުޅަހުގައި އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އއ.އުކުޅަހަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުކުޅަހުގައި ގާއިމުކުރާ 5 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑްގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިގްބާލް އެވެ.

މިއީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ. މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި އެޅުމަށް ހަމަޖެހިފައިވަނީ 5 ޓަނުގެ އައިސްޕްލާންޓެކެވެ. މި މަސައްކަތް ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެ އެވެ.

ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.