
ހަނގުރާމަ މިހާ ދިގުދެމިގެން ގޮސްފާނެ ކަމަށް ޓްރަމްޕް ވިސްނާފައެއް ނެތް
ޓްރަމްޕްގެ ސަރުކާރުގެ ސްޓްރެޓަޖީ ބިނާވެފައިވަނީ ޢާންމުންގެ ޚިޔާލު ހޯދައިގެން ހިންގުންތައް ރޭވުމުގެ މައްޗަށް ހެއްޔެވެ؟
އީރާނަށް ހަމަލާ ދޭނެ އެންމެ މޮޅު، ރަނގަޅު ގޮތެއް އޮޅުންފިލުވަން ޕެންޓަގަން އަސްކަރީ ތަޖުރިބާކާރުންނަށް އީމެއިލްކޮށްފި އެވެ.
އީރާނާ ދެކޮޅަށް އަމިއްލައަށް އުފެއްދި މަސްރަޙުގެ ނުތަނަވަސްކަމުން އަރައިގަންނާނެ ގޮތެއް ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ސީ.އެން.އެން އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއެކު ޓްރަމްޕް އެދޭފަދަ އެއްބަސްވުމަކަށް އައުމަށްޓަކައި ކުރިއަށް އޮތްތަނުގައި ހަދާނެ ގޮތަކާމެދު އަސްކަރީ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ ކުރަމުންނެވެ.
ސީ.އެން.އެންގެ ރިޕޯޓުގައިވާ ގޮތުން، ޔޫ.އެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ އިންޓެލިޖެންސް ބްރާންޗްގެ އޮފިސަރަކު ފޮނުއްވި އީމެއިލެއްގައި ވަނީ އީރާނަށް ޕްރެޝަރާއި އަދަބު ދިނުމަށްޓަކައި އައު އަދި ތަފާތު އުކުޅުތަކެއް ހޯދަމުންދާ ކަމަށެވެ.
ސެންޓްކޮމްގެ ތަރުޖަމާނަކު ފާހަގަކުރި ގޮތުގައި މިއީ އާދަޔާޚިލާފު ކަމެއް ނޫން ކަމަށާއި، އަދި އެކުންފުންޏަކީ ”އާ އުކުޅުތަކާއެކު ވިސްނައި މަސައްކަތް ކުރުމުގެ ބޮޑު ތާރީޚެއް އޮތް ބައެއް“ ކަމަށެވެ.
ނަމަވެސް މި އީމެއިލުން ދައްކުވައިދެނީ މި ހަނގުރާމަ މިހާ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ޕެންޓަގަނޑުން ކުރިން ރޭވިފައި ނެތް ކަމެވެ.



