ސަޢުދީން މަލްޓީޕަލް އެންޓްރީ ޢުމްރާ ވިސާއެއް ތަޢާރަފުކޮށް

ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތްކޮށް، ޖުމްލަ 90 ދުވަހާ ހަމައަށް އެ ޤައުމުގައި މަޑުކުރެވޭ ގޮތަށް މަލްޓީޕަލް އެންޓްރީ ޢުމްރާ ވިސާއެއް ތަޢާރަފުކޮށްފަ އެވެ.

ވިސާ ދޫކުރި ތާރީޚުންފެށިގެން 365 ދުވަހުގެ މުއްދަތަކަށް ޞައްޙަވާ މި ވީޒާގެ ސަބަބުން ޒިޔާރަތްކުރާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތިން ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. 90 ދުވަހުގެ މުއްދަތު ގުނާނީ ޤައުމުގައި ހޭދަކުރާ ދުވަސްތައް ޖުމްލަކޮށްގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް، ވުޒާރާއިން ބަޔާންކޮށްފައިވާ ގޮތުގައި މި ވިސާ ބޭނުންކޮށްގެން ޙައްޖުގެ ދުވަސްވަރު ނުވަދެވޭނެ އެވެ.

ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޤައުމުން ފައިބާ ކޮންމެ ފަހަރަކުވެސް މި ވިސާ އަމިއްލައަށް ސަސްޕެންޑްވާނެ އެވެ. އަދި ޤަވާއިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވުމުން، ފަހުން ކުރާ ޒިޔާރަތްތަކަށް އަލުން ވިސާ އެކްޓިވްވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.