މަސްޖިދުއް ނަބަވީގެ މުޤްރިއު ޝައިޚް އިބްރާހީމް އަލްއަޚްޟަރުގެ ވާހަކަ

ޝައިޚްގެ ހަޔާތުގައި ދިމާވި މި ހާދިސާއަކީ ޤުރުއާން ހިތުދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ހުރި ވަރަށް އަގުހުރި ފިލާވަޅެކެވެ. ޝައިޚް ކިޔައިދިނެވެ.

”އަޅުގަނޑު ޤުރުއާން ހިތުދަސްކުރަން ފެށި ދުވަސްވަރު، ދިރިއުޅުމުގައި ވަރަށް ބޮޑު ދަތިކަމަކާއި ހާސްކަމެއް ކުރިމަތިވިއެވެ. ފިކުރުތައް ގިނަވެ، ސިކުނޑިއަށް ބާރުބޮޑުވުމުން، އަޅުގަނޑަށް ޤުރުއާން ދަސްކޮށްދެއްވަން ހުންނެވި އުސްތާޛުގެ ކައިރިއަށް ގޮސް ބުނީމެވެ. ”އަޅުގަނޑު ޤުރުއާން ހިތުދަސްކުރުން ހުއްޓާލަން ނިންމައިފީމެވެ. މިވަގުތު އަޅުގަނޑަށް އެންމެ އާޔަތެއް ވެސް ދަސްކުރުމުގެ ހިތްވަރެއް ނެތެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހިނދު އަޅުގަނޑުގެ އުސްތާޛު ބުންޏެވެ. ”ތިޔައީ ހާދަ މޮޔަ ވިސްނުމެކެވެ! ތިބާއަށް އެނގޭ ހެއްޔެވެ؟ ޤުރުއާން ހިތުދަސްކުރަން އެންމެ ރަނގަޅު ވަގުތަކީ ދިރިއުޅުމުގައި މައްސަލަތަކާއި ތަކުލީފުތައް ގިނަވާ ވަގުތެވެ. ހުރިހާ ކަމެއް ފުރިހަމަވެ، އަރާމުގައި އުޅޭ މުއްސަނދިން ޤުރުއާން ހިތުދަސްކުރާތަން ދެކުނީމު ހެއްޔެވެ؟ މިސްކިތްތަކުގައި ރެއާއި ދުވާލު ޤުރުއާން ހިތުދަސްކުރަން އެތިބެނީ ލާނެ ފޭރާމެއްވެސް ނެތް ފަގީރުންގެ ކުދިންނެވެ.“

އުސްތާޛު އިތުރަށް ބުންޏެވެ. ”މިހާރު ތިޔަ ހުރި މައްސަލަތަކުގެ ތެރޭގައި ޤުރުއާން ދަސްނުކޮށްފިނަމަ، ދިރިއުޅުން ހަމަޖެހެންދެން މަޑުކޮށްގެން ހުއްޓާ ދުވަހަކުވެސް ޤުރުއާން ހިތުދަސްނުކުރެވޭނެއެވެ. އެހެންކަމުން މިއީ ތިބާއަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ. މި މައްސަލަތަކާއެކުވެސް ރެއާއި ދުވާލު ޤުރުއާނައިގެން ކުރިއަށްދާށެވެ.“

އުސްތާޛުގެ އެ ނަސޭޙަތާއެކު އަޅުގަނޑު އަލުން ހިތްވަރުލާފައި، އެ ހުރިހާ ތަކުލީފުތަކެއްގެ ތެރޭގައި އުޅެމުން ވެސް ޤުރުއާން ހިތުދަސްކުރަން ފެށީމެވެ. ނަތީޖާއަކަށްވީ، ޤުރުއާނުގެ ބަރަކާތުން ދިރިއުޅުމުގެ މައްސަލަތައް ފިލައިގޮސް، ﷲ ގެ ފަޟްލުވަންތަކަމާއެކު މުޅި ޤުރުއާން އަޅުގަނޑަށް ހިތުދަސްވުމެވެ. މިހާރު އެ މައްސަލަތައް ނެތި ހިނގައްޖެއެވެ. މިއަދުއަޅުގަނޑުގެ ހިތުގައި ބަދަލެއްނެތި ދެމިއޮތީ ޤުރްއާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.