
އީރާނު ހަނގުރާމައިގެ އެންމެ ފަހުގެ ޚަބަރު: އެމެރިކާގެ ބޮން އެޅުމާއިގުޅިގެން ބަހުރޭން، ކުވެއިތު އަދި އުރުދުންއަށް އީރާނުން ހަމަލާދީފި
އެމެރިކާއިން އީރާނުގެ ދެކުނު އައްސޭރިފަށަށް ދޭންފެށި ވަރުގަދަ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފިއެވެ.
ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި މަސްރަހު ގޯސްވެފައިވާއިރު، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި ބަންދަރު އައްބާސް، ސިރީކް، ޖާސްކް އަދި ގޭޝްމް އައިލެންޑުގެ ބަނދަރު ސިޓީތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އާއި އީރާނުގެ ކުރިމަތިލުންތައް އަލުން ފެށުނީ ކިހިނެއް؟މި ހަފުތާގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން، މިދިޔަ މަހު ދެގައުމުގެ ދެމެދުގައި ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.
ކަންތައްތައް ހިނގައިދިޔަ ގޮތް:
• ޖުލައި 6: އޮމާން ކަނޑުން ދަތުރުކުރި ގަތަރުގެ ގޭސް ޓޭންކަރަކާއެކު ތިން އުޅަނދަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ހަމަލާދިނެވެ.• ޖުލައި 7: އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުން، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާ ފޮނުވާލިއެވެ.• ޖުލައި 8: ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެއްޖެ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދިނެވެ. މިއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސާދަށް ލޮޅުން އެރިއެވެ.• ހޮނިހިރު ދުވަސް: ހޯރްމުޒް ކަނޑުއޮޅީގެ މަގުތައް އީރާނުން ހުއްދަ ނުދޭ ގޮތަށް ބޭނުންކުރި ކަމަށް ބުނެ، މުދާ އުފުލާ ބޯޓަކަށް ހަމަލާދިނުމަށްފަހު، ވަކި މުއްދަތެއް ނެތް ގޮތަށް އެ ކަނޑުއޮޅި ބަންދުކުރިކަން އީރާނުގެ އައި.އާރު.ޖީ.ސީ އިން އިއުލާނުކުރިއެވެ.
މި ހަމަލާތަކާއެކު ދެގައުމުގެ ދެމެދުގައި ވަރުގަދައަށް ހަމަލާ ބަދަލުކުރަން ފެށުނެވެ. އެމެރިކާއިން އީރާނުގެ އެކި ސިޓީތަކަށް، ހާއްސަކޮށް ހޯރްމުޒް ކަނޑުއޮޅި ކައިރީގައިވާ ސިޓީތަކަށް މަރުގެ ހަމަލާތަކެއް ދިނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ބަހުރޭން، ކުވެއިތު، އޮމާން، އުރުދުން އަދި ގަތަރަށް ހަމަލާދީފައެވެ. އަދި ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އިތުރު އުޅަނދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ދައުވާކުރެއެވެ.



