އަގު ހުރި ފައިސާގެ އިނާމުތަކާއި އެކު މަސްރޭސް ފެށުމަށް ތައްޔާރުވެއްޖެ

އަގު ހުރި ފައިސާގެ އިނާމާއި އެކު ދުނިޔެގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭސް ފެށުމަށް ތައްޔާރުވެއްޖެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށެއްގެ ކައުންސިލާ ގުޅިގެން ވަނީ ހުޅުވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. މި މުބާރާގައި ބައިވެރިވުމުގެ ފުރުސަތު މިއަދަށް ހަމަވިއިރު ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ޓީމުތަކުން ވަނީ ބައިވެރިވެވަފައެވެ.

މުބާރާތުގައި ވަނަދިނުމަށް ހަމަޖެހިފައިވަނީ މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށެވެ. އަދި މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފަރާތެވެ.

މުބާރާތުގެ 1 ވަނަ ޓީމް އަށް 30,000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު. މުބާރާތުގެ 2 ވަނަ ޓީމަށް 25,000 ރުފިޔާ އަދި

3 ވަނަ ޓީމް އަށް 20,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރުމަސް ބޭނާ ފަރާތަކަށް 5,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޖޫން 20 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައި ”އޯޝަން ފެސްޓިވަލް“ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.