ޣީބަ ބުނާ އަޑު އިވިއްޖެ ނަމަ ކިހިނެތް ހަދާނީ؟

އައްޝައިޚް މުޙައްމަދު ޝާފިޢު
ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ.

ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ޣީބަ ބުނުމަކީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ އަދި މިއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އިސްލާމްދީނުގައި ޣީބަބުނުން ނަހީކުރައްވައިފައި ވަނީ އެކަމުގެ ސަބަބުން އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ކެނޑި، އެކަކު އަނެކަކައި ދޭތެރޭ ވާ ރަޙްމާއި، ކުލުނާއި، ލޯތްބާއި އިޙްތިރާމް ގެއްލި، ރުޅިވެރިކަމާއި ނަފްރަތު އުފެދި ދެކޮޅުވެރިކަން ފެތުރިގެން ހިނގައިދާނެތީއެވެ.

މިކަމުގެ ނުރައްކާތެރިކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވަނީ ވަރަށް މަތިވެރި މިސާލަކުންނެވެ. އާދެ މަރުވެފައިވާ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްގެ ގޮތުގައެވެ. ކީރިތި ﷲ ވަޙީކުރައްވާފައިވެއެވެ. وَلاَ يَغْتَب بَّعْضُكُم بَّعْضًاأَيُحِبُّ أَحَدُكُمْ أَنْ يَأْ كُلَ لَحْمَ أَخِيهِ مَيتًا فَكَرِهْتُمُوهُ – الحجرات:الآية 12 “….އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޣީބަ ބުނުމަކީ ހަމައެފަދަ ކަމެކެވެ.)”

ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައް ކުރާނެގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ ذَبَّ عَنْ عِرْضِ أَخِيهِ بِالْغِيبَةِ, كَانَ حَقًا عَلَي اللهِ أَنْ يُعْتِقَهُ مِنَ النَّارِ” – رواه أحمد, صحيح الجامع 6240- “އަޙަކު ނެތްތަނެއްގައި އޭނާގެ އަޙާގެ އަބުރު ދިފާޢު ކޮށްދީފިނަމަ، އޭނާ އަލިފާނުން ސަލާމަތް ކޮއްދެއްވުން މާތް ﷲގެ މައްޗަށް ޙައްޤުވެގެންވެއެވެ”

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.