
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ރަތްބަގީޗާގެ، ޢަލީ ޙާމިދު (39އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންްގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ.
ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މެއި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



