މައިން ބަފައިންނަަށް ހެޔޮކޮށް ހިތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައް

އައްޝައިޚް މުޙައްމަދު ޝާފިޢު

1- މައިންބަފައިންނަށް ދީން އޮޅުންފިލުވައިދިނުން، އަދި رصول الله صلى الله علي وسلمގެ ސުންނަތާ ބެހޭގޮތުން އޮޅުން ފިލުވައިދިނުމާއި ސުންނަތަށް ތަބަޢުވުމަށް ބާރުއެޅުން

2- ޙާލު އަހުވާލު ބެލުން، ދުރުގައި ހުންނަން ޖެހިއްޖެ ޙާލަތެއްގައި ފޯނުން ގުޅާލުން.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

3- އަދަބުވެރިކޮށް ވާހަކަދެއްކުން

4- ބޭނުންވާ އެއްޗެހި ހޯދައިދިނުން

5- ދުޢާކޮށްދިނުން

6- އަޑުލާނުހެދުން

7- އޯގާތެރިވުން

8- ކިޔަމަންވުން

9- އެމީހުން އަމިއްލައަށް ކާން އުނދަގޫނަމަ، ކާންދިނުން، އަދި އެދެމީހުންނަށް ކެވޭފަދަ ތަކެތި ހޯދައި ތައްޔާރުކޮށްދިނުން

10- ބޭސްފަރުވާކޮށްދިނުން

11- ކަސްރަތުކުރުމާއި ހިނގައި އުޅުމުގައި އެހީތެރިވެދިނުން

12- ބަލިހާލަތުގައި ވާނަމަ، ފެންވަރުވައި ސާފުތާހިރުކޮށްދީ ރީތިކޮށްދީ ހެދުން

13- އެދެމީހުން ދުނިޔޭގައި ތިއްބާވެސް އަދި މަރުވުމަށްފަހުގައިވެސް އެދެމީހުންގެ ފާފަތައް ފުއްސަވައި ދެއްވުމަށާއި އެދެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރުން

14- އަންނައުނު ހޯދައި ދިނުމާއި، އަންނައުނު ދޮވެ އިސްތިރިކޮށްދީ ހެދުން

15- އެމީހުންނަށް ގޯސްކަމެއް ކުރެވިއްޖެނަމަ، ނުވަތަ ތިބާ ހިތްހަމަނުޖެހޭ ކަމެއް ކުރެވޭނަމަ، ހިތްހަމަ ނުޖެހޭ ފަދަ ޢިބާރާތްތަކެއް ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ނަމަ، ރިވެތި ގޮތުގައި ނަޞީޙަތްދީ އެކަން ވިސްނައިދިނުން، އަދި އެފަދަ ކަންތައްތައް ތަކުރާރުވާނަމަ އެކަމަށް ކެތްތެރިވުން، އެހެނީ ޢުމުރުން ވަކި ހިސާބަކަށް ފޯރުމަށްފަހު، ކަންތައްތައް ފަހުމްވުމާއި ހަނދާންވުމުގައި ޟަޢީފުކަން ވަރަށް ގިނަ މީހުންނަށް އިޙްސާސްކުރަން ޖެހެއެވެ. އެފަދަ ވާހަކަތައް މީހުންކައިރީ ދެއްކުމުގެ ބަދަލުގައި އެމީހުންނަށް ޢުޒުރު ހޯދައިދީ، އެކަމަށް ކެތްތެރިވާށެވެ.

16- އެމީހުންގެ ފަރާތުން ފެންނަ ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަ ގާތްތިމާގެ މީހުންކައިރީގަޔާއި ގާތްތިމާގެ ނޫން މީހުން ކައިރީގައިވެސް ނުދައްކާށެވެ. އެމީހުންގެ ޢައިބުތައް ތިބާ ނުފޮރުވައިފިނަމަ މިއަދު ދެން އެކަން ކުރަންވަކި ހުރީ ކާކު ހެއްޔެވެ؟

17- މައިންބަފައިންނަށް ލަޢުނަތް ދިނުމުން ދުރުހެލިވުން – عَنْ عَبْدِ اللهِ بِنْ عَمْرُو رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهَ). قِيْلَ: يَا رَسُوْلَ اللهِ، وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ؟ قَالَ:(يَسُبُّ الرَجُلُ أَبَا الرَّجُلِ، فَيُسُبُّ أَبَاهُ، وَيَسُبُّ أُمَّهُ فَيَسُبُّ أُمَّهُ).- صحيح البخاري:كتاب الأدب: باب لا يسب الرجل والديه:  5628
ޢަބްދުﷲ ބުން ޢަމްރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ޙަދީޘްފުޅު ކުރެއްވިއެވެ. ” މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދިނުމަކީ ބޮޑުފާފައިގެ ތެރެއިންވާ ކަމެކެވެ.” އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ” މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދީ ހުތުރު އެއްޗެހި ކިޔާނީ ކިހިނަކުންތޯއެވެ؟ ” ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. ” މީހަކު އެހެންމީހެއްގެ ބައްޕައަށް ހުތުރުއެއްޗެއް ބުނުމުން އެމީހާ އޭނާގެ ބައްޕައަށް ހުތުރުއެއްޗެއް ބުނުމެވެ. އަދި އެހެންމީހެއްގެ މަންމައަށް ހުތުރުއެއްޗެއް ބުނުމުން އެމީހާ އޭނާގެ މަންމައަށް ހުތުރު އެއްޗެއް ބުނުމެވެ.

18- އެދެމީހުން މަރުވުމަށްފަހުވެސް އެދެމީހުންނަށް އަޖުރު ލިބެނިވި ކަންތައްތައް ކުރުން، މިސާލަކަށް ޙައްޖާއި ޢުމުރާ ކޮށްދިނުމާއި، އެދެމީހުންގެ މުދަލުން މިސްކިތްބިނާކުރުމާއި، ޢިލްމުފެތުރުމާއި، ދެމިހުންނަނިވި ޞަދަޤާތްކުރުމާއި، ވަޤުފްތައް ހެދުން ފަދަ ކަންތައްތައް ކުރުން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.