ވިހެއުމުގެ ކުރިން މާބަނޑު އަންހެނާގެ ފަރުޖުން ނިކުންނަ ދިޔާތަކެތީގެ ޙުކުމް

އައްޝައިޚް މުޙައްމަދު ޝާފިޢު

ސުވާލު:ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސްކުރިން މާބަނޑު އަންހެނާގެފަރުޖުން ނުކުންނަ ދިޔާތަކެތީގެ ޙުކުމަކީ ކޮބައިހެއްޔެވެ؟އެއީ ފެން ގޮތަށް ހުންނަ އެއްޗެކެވެ. ބައެއް މީހުން އެއަށް [ ماء الجنين ]އެމްނިއޮޓިކް ފުލުއިޑް އޭވެސް ކިޔައެވެ. އެ އަންނަނަމަ އޭނާއަށް ނަމާދުކޮށް ރޯދަހިފިދާނެހެއްޔެވެ؟

ޖަވާބު:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ﷲ އަށް ޙަމްދު ހުއްޓެވެ.
ވިހެއުމުގެ ކުރިން އަންހެނާގެ ފަރުޖުން ނުކުންނަނީ

1- ލޭކަމުގައިވާނަމަ، އަދި އެ ނުކުންނަނީ ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސްކަމުގައި ވެފައި އެއާއެކު ވިހެއުމުގެ އަލާމާތްތަކުގެ ތެރެއިން ވޭނާއި ތަދުވާނަމަ އެއީ ނިފާސްގެ ލެއެވެ. އެހެންނޫންނަމަ (އެ ޢަލާމާތްތައް ނެތްނަމަ) އެއީ ފަސާދައިގެ ލެއެވެ. ފަސާދައިގެލޭ އަންނަނަމަ ނަމާދުކޮށް ރޯދަހިފައި ހެދޭނެއެވެ.

“كشاف القناع” ގައި ވެއެވެ. “ދަރިފުޅު ނުކުތުމުގެ ތިންދުވަސްކުރިން ނުވަތަ އެއަށްވުރެ ކުރުމުއްދަތެއްގެ ތެރޭގައި، ތަދުވުންފަދަ (ވިހެއުމުގެ) ޢަލާމާތްތަކާއެކު ލޭ ފެނިއްޖެނަމަ އެއީ ނިފާސްގެ ލެއެވެ. ހަމަ ވިހެއުމުގެ ސަބަބުން އައި ލޭފަދައެވެ. އެކަމަކު ވިހެއުމުގެކުރިން ލޭ އައި މުއްދަތު ނިފާސްގެ މުއްދަތުގެ ތެރޭގައި ނުގުނޭނެއެވެ.” كشاف القناع (1/219)

2- (ސުވާލުގައިވާ ފަދައިން،) އެއީ ފެންކަމުގައިވާނަމަ އޭގެ ޙުކުމަކީ ފަރުޖުން ނުކުންނަ އެހެނިހެން ތަކެތީ (إفرازات الفرج) (vaginal secretions)ގެޙުކުމެވެ. އެއީ ޠާހިރުފެނެކެވެ. އެ ފެން ނުކުންނަކީ ރަޙިމުންކަމުގައިވާތީއެވެ. އެކަމަކު އެފެން ނުކުތުމުން ވުޟޫ ގެއްލޭނެއެވެ. ނަމާދުކޮށް ރޯދަހިފުން މަނަލެއް ނޫނެވެ. އެއީ ނިފާސްކަމުގައި ނުވާތީއެވެ.

އައްޝައިޚު އިބްނު އުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ވިހެއުމުގެ ތިން ދުވަސްކުރިން ކޮންމެވެސް ވަރެއްގެ ތަދުވުމަކާއެކު (މާބަނޑު އަންހެނެއްގެ ފަރުޖުން) ފެން ބޭރުވިއެވެ. އެއީ ނިފާސް ހެއްޔެވެ؟”

ޖަވާބު ދެއްވިއެވެ. “އެއީ ނިފާސްއެއް ނޫނެވެ. ނިފާސްއަކީ ލެއެވެ. ފެނެއް ނޫނެވެ. އަދި އޭގެ އިތުރުން އެއީ ނިފާސްކަމުގައިވާނަމަ (ލޭކަމުގައިވާނަމަ) ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސް ކުރިއަށްވެފައި ވިހެއުމުގެ ތަދުވެސްއެއާއެކު ވާނެއެވެ. ވިހެއުމުގެ މާގިނަދުވަސްކުރިން (ލޭ އައިކަމުގައިވިޔަސް) އެއީ ނިފާސްއެއް ނޫނެވެ. އެހެނީ ނިފާސްއަކީ ވިހެއުމާއެކު އަންނަ ލެއެވެ. ނުވަތަ ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސްކުރިން ވިހެއުމުގެ ތަދާއެކު އަންނަ ލެއެވެ. ފެނަކީ ނިފާސްގެތެރޭގައި ހިމެނޭ އެއްޗެއްނޫނެވެ. [”فتاوى نور على الدرب“ .]

والله أعلم .

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.