ބަރުދަން ލުއިކުރުމުގައި ޢާންމުކޮށް ހެދޭ ގޯސްތައް

މި ލިޔުމަކީ ޕަރސަނަލް ޓްރެއިނަރ ޢަލީ ޝަމީމް އޭނާގެ ޓެލެގްރާމް ޗެނަލްގައި ޙިއްސާކޮށްފައިވާ ލިޔެމެއް އަސްލަކަށްބަލައިގެން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

ބަރުދަން ލުއިކުރުމަކީ ވަަށް ގިނަ ބަޔަކު ކުރަމުންދާ ކަމެކެވެ. އެއީ ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމެކެވެ. ނަމަވެސް ކޮންމެކަމެއް ކުރުމުގައިވެސް ކަނ ކުރަންއޮންނަ އެންމެ ރަނގަޅުގޮތް އޮވެ އެވެ. ނުވަތަ ކަން ކުރަން ނުޖެހޭ ގޮތްގތް އޮވެއެވެ. މިގޮތުން ބަރުދަން ލުއިކުރުމުގައިވެސް ކުރަން ނުޖެހޭ ކަންކަން ހުންނާނެ އެވެ.

މިގޮތުން؛

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކެއުމުން މާބޮޑަށް ބަރީއަވުން ނުވަތަ މާ މަދުން ކެއުން:

މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ހަކަތަ ހުސްވެ، ނަތީޖާއެއްގެ ގޮތުން ފަހުން މާ ގިނައިން ކެވޭގޮތް މެދުވެރިވެ އެވެ.
ހަމައެކަނި ކާޑިއޯ ކަސްރަތަށް ބަރޯސާވުން: މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ނުކޮށް ހަމައެކަނި ދުވުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ ކަންކަން ކުރުމުން، މަސްތައް ހީނަރުވެ ބަރުދަން އަލުން އިތުރުވުމަށް މަގުފަހިވެ އެވެ.
ހަރުކަށި ޑައިޓްތައް ބޭނުންކުރުން (Crash dieting):

ކުރު މުއްދަތަކަށް ކެއުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުމުން ބަރުދަން އަވަހަށް ލުއިވި ނަމަވެސް، އެއީ ދާއިމީ ގޮތެއްގައި ހިފެހެއްޓޭނެ ކަމެއް ނޫނެވެ.
ވަކި ބާވަތެއްގެ ކާނާ މުޅިން ހުއްޓާލުން:

ކާބޯހައިޑްރޭޓްސް ނުވަތަ ފެޓްސް ފަދަ ބާވަތްތައް މުޅިން ހުއްޓާލުމަކީ ކާނާއަށް އޮންނަ ދަހިވެތިކަން އިތުރުވެ، ޑައިޓް ކުރިއަށް ގެންދަން އުނދަގޫވާ ކަމެކެވެ.
ސަޕްލިމެންޓްތަކަށް އެކަނި ބަރޯސާވުން:

ބަރުދަން ލުއިކުރާ ބޭހާއި ”ޑިޓޮކްސް“ ބުއިންތަކަށް ބަރޯސާވުމަކީ ބޭކާރު ހަރަދެކެވެ. މީގެ ސަބަބުން ހަގީގީ ބަދަލެއް ނާދެ އެވެ.
އަވަސް ނަތީޖާއަކަށް އުއްމީދުކުރުން:

މަދު ހަފުތާކޮޅެއްގެ ތެރޭގައި ބޮޑު ބަދަލެއް ބޭނުންވުމުން، ސިއްހީ ގޮތުން ނުރައްކާތެރި ގޮތްތައް ބޭނުންކުރެވެއެވެ.
ކެވޭ މިންވަރު ނުބެލެހެއްޓުން: ”ސިއްހީ ގޮތުން ރަނގަޅު“ ކާނާ ކޭ ނަމަވެސް، ކެވޭ މިންވަރު ކޮންޓްރޯލް ނުކުރެވޭނަމަ ބަރުދަން ލުއި ނުވެދާނެއެވެ.
އެހެން ކަމަކަށް ސަމާލުކަން ދީގެން އިނދެ ކެއުން:

ޓީވީ ބަލަމުން ނުވަތަ ފޯނަށް ބަލަމުން ކެއުމުގެ ސަބަބުން، ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކެވޭ ގޮތް މެދުވެރިވެއެވެ.
ފުރިހަމަ ރޭވުމެއް ނެތުން:

ވަކި ތަރުތީބެއް ނެތް ގޮތަކަށް ކަސްރަތާއި ޑައިޓް ކުރުމުން އެދެވޭ ކުރިއެރުމެއް ނުލިބެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރުން:

ވަރަށް ފޯރީގައި ފަށާފައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލުމުން، އަބަދުވެސް ޖެހެނީ އަލުން ސުމަކުން ފަށާށެވެ.

ޕަރސަނަލް ޓްރެއިނަރ އަލްފާޟިލް ޢަލީ ޝަމީމްގެ ޓެލެގްރާމް ޗެނަލް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.