މިއަދުގެ ހުކުރު ޚުޠުބާގައި އަލި އަޅުވާލާފައިވަނީ ހޭދަ ކުރުމާ ބެހޭ ގޮތުން ނެވެ.

ﷲ ގެ މަގުގައި މުދަލާއި ފައިސާ ހޭދަ ކުރުމުގެ މަތިވެރިކަން ބަޔާން ކުރުމުގެ އިތުރުން ﷲ ގެ މަގުގައި މުދާ ހޭދަނުކޮށް ތިބޭ މީހުންނަށް ހުރި ޢަޛާބުގެ ވާހަކަވެސް މިއަދު ގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައި ވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުދަލަކީ އެއްވެސް ޙާލެއްގައި ފޮރުވާފައި ބަހައްޓަން ޖެހޭ އެއްޗެއް ނޫންކަމާއި ނިކަމެތިންނާއި ބޭނުންޖެހިދައި ތިބި މީހުންނަށް އެހީތެރިކަން ފޯރު ކޮށްދޭންޖެހޭކަންވެސް ބަޔާންކޮށްފައިވެއެވެ. ﷲ މީސްތަކުންގެ މެދުގައި ރިޒްޤު ބައްސަވަނީ އެކަކު އަތުގައިވާ އެއްޗެއް އަނެކާއަށް ބޭނުންވާނޭފަދަ ގޮތަކަށެވެ.

މުދަލު ޒަކާތް ނެރުމުގެ މައްޗަށް އަލިއަޅުވާލަމުން އެކަމަކީ ދުނިޔަވީ މަންފާލިބޭކަމެއްކަން ފާހަގަ ކުރަމުން އެކަމުގެ ސަބަބުން މުދާ ޠާހިރުވެ ބަލިތަކަށް ޝިފާ ލައްވާފައިވާކަންވެސް ޚުޠުބާގައި ވެއެވެ.

އެމީހަކު ދުނިޔޭގައި ކުރިޢަމަލެއް ފިޔަވައި، ޤިޔާމަތް ދުވަހުން އިތުރު އެއްވެސް އެއްޗެއް މަންފާއެއް ނުކުރާނެއެވެ. ދުނިޔޭގައި ތިމާ ހޯދި މުދަލާއި ފައިސާއާއި ޖާހައި މަޤާމުގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރުން މިސްކިތްތައް ބިނާކުރުމަށާއި މަރާމާތު ކުރުމަށް އެހީވުމަށްއަވަސް ވެގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.