ތެލެސީމިއާ ހިދުމަތަށް ގިނަ ބަދަލުތަކެއް ގެންނަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފި

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ފެންނަގޮތަށް ނިންމައި، ތެލެސީމިއާ ހިދުމަތަށް ގިނަ ބަދަލުތަކެއް ގެންނަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.
މިނިސްޓްރީން މިގޮތަށް ހާމަކޮށްފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް މިނިސްޓަރ އޮފް ހެލްތު ނާޒިމް އަބްދުﷲ އާއި ކުރެއްވި ސުވާލަކަށް ޖަވާބުދެމުންނެވެ.
މެންބަރު މުހައްމަދު އިބްރާހިމް ވަނީ ލޭ ހޯދުމާއި ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނިވެގެން އުޅޭ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ، ލޭ އެޅުމުގެ ހިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ޓަކައި، ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތް ވާގޮތުގެ މަތިން ލޭ އެޅުމާއި އަދި ލޭ ހަދިޔާކުރުމުގެ ހިދުމަތް ދިނުމުގެ ކަންކަން ހަމަޖެއްސުން މުހިއްމު ވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ އެހީތެރިކަމާއެކު ނޭޝަނަލް ބްލަޑް ސްޓޭންޑަރޑް އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި މިހިނގާ މަހުގައި މި ހިދުމަތް ލޯންޗް ކުރެވިގެންދާނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.