
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވައިފި
ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަތީން މަގާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.
މަތީން އެމް.ޑަބްލިޔޫ.އެސް.ސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މަތީންގެ އިތުރުން، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ވެސް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ފާއިތުވި ހަފުތާގައި ގިނަ އަދަދެއްގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، ޑެޕިއުޓީ އެމްޑީން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރޭގައި އެޗް.ޑީ.ސީ، ފެނަކަ އަދި އާރު.ޑީ.ސީ ފަދަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ހިމެނެއެވެ.



