ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން، ދީފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕްރޮގްރާމްގެ ތެރެއިން ލިބޭނެ ފުރުސަތުތައް:

މި ޕްރޮގްރާމްގެ ބައިވެރިންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބޭއްވޭ ތަފާތު ތަމްރީނު ސެމިނާރުތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކަންކަމަށް ކުރިމަތިލާން ކެރޭ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއެޅޭނެއެވެ.

މީގެ އިތުރުން ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތަކާއި މަޝްރޫއުތައް އިސްވެ ހިންގުމުގެ ގާބިލުކަން ޒުވާނުންގެ ކިބައިގައި އުފެއްދިގެންދާނެއެވެ.

މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު 4000416 ނުވަތަ 4000567 މި ނަމްބަރަށް ގުޅާލުމުން ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.