ސްޓޭންޑަރޑް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފި

ހުޅުމާލޭގައި ހުންނަ ދިވެހި ރެޑް ކްރެސެންޓްގެ ހެޑްކުއާޓަރޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ”ސްޓޭންޑަރޑް ފަސްޓް އެއިޑް ޓްރެއިނިންގ“ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ ނަޝާތު ރަޝީދުއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ބުރުގައި ޖުމްލަ 22 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ނަޝާތު ރަޝީދު ވަނީ، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ބައިވެރިން ހާސިލްކުރި އިލްމާއި ހުނަރުގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަޒީފާގެ މާހައުލުގައާއި އާންމު ދިރިއުޅުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި، މި ދަސްކުރި ހުނަރުތައް މެދުނުކެނޑި ބޭނުންކޮށް، އެ ހުނަރުތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

މިފަދަ ތަމްރީނުތަކަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.