
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިޔާ ޓަވަރުކައިރީ ކުނިތަކުގައި ރޯވި ހާދިސާގައި މީހަކަށް އަދި އިމާރާތަކަށް ގެއްލުމެއް ނުލިބޭ
ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދޯދި ޓަވަރު ކައިރީ ކުނިތަކުގައި ރޯވި ހާދިސާގައި މީހަކަށް އަދި އިމާރާތަކަށް ގެއްލުމެއް ނުލިބޭކަމަށް އެ ޓަވަރުތަކުގެ ބަލަދުވެރި ފަރާތުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދޯދި ޓަވަރު 11 ކައިރީ ހުރި ކުނިތަކެއްގައި ރޯވި ހާދިސާގައި އެ ހިސާބުގެ އެއްވެސް ޓަވަރަކަށް އަދި މީހަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ރޭ ގާތްގަނޑަކަށް 02:21 ހާއިރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ ކުނިތަކެއްގައެވެ.
މި ހާދިސާގައި އިމާރާތަކަށް އަދި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅޭ ކޮންސްޓްރަކްޝަން ކުންފުނީގެ ބައެއް ތަކެއްޗަށް ވަނި އަލިފާނުގެ އަސަރުކޮށްފައެވެ.



