ކައުންސިލް އިންތިޚާބު ވޯޓުގެ ރަސްމީނަތީޖާ އިއްވައިފި، ދެވަނަބުރަށް ވޯޓުލާންޖެހޭ ފޮށިތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއާ އެކު، ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި މަހުގެ 18 ވާ ހޮނިހިރު ދުވަހު މި ވޯޓުލުން ކުރިއަށްދާނެކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ ފަހަރެވެ.

ދެވަނަ ބުރުގެ ވޯޓުލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ފަށާފައިވާކަން ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ، ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އެޕްރީލް 18 ވަނަ ދުވަހު އޮންނަ ވޯޓުލުން އިންތިޒާމުކުރުމަށް ކަމަށެވެ. މި ބުރުގައި ވޯޓުލުން ކުރިއަށްދާނީ ފުރަތަމަ ބުރުގައި އެއްވަރުވެފައިވާ ނުވަތަ ގާނޫނީ ގޮތުން ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގައެވެ.

އިންތިޚާބާ ގުޅުންހުރި ޝަކުވާތަކުގެ ތަފުސީލު ހާމަކުރައްވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް މިހާތަނަށް ޖުމްލަ 170 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަތައް ބަލައި، ގާނޫނީ ހަމަތަކުގެ މަތިން ޝަކުވާ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.