ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާ އަކަށް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މާދަމާ ސަޢޫދީއަރަބިއްޔާއަށް ފުރާވަޑައިގަންނަވާގޮތަށް ނިންމައިފި އެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް ޑރ.މުއިއްޒު އާއި އެމަނިކްފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މާދަމާގެ ވަގުތެއްގައި ސައޫދީއަށް ފުރާވަޑައިގަންނަވާނޭކަމަށެވެ.

މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ހަމަޖެހިފައިވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރައްވާފައެވެ. އަދި އޭގެ ކުރީ އަހަރު އުމްރާއަށް ވަޑައިގެންނެވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.