1224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް-3 ގައި ޢިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް 2026، މާރިޗު 21 ގައި ފަށައިފި އެވެ.

ހުޅުމާލެ ފޭސް-3 ގައި ޢިމާރާތްކުރާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ޙަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ.

އެއީ:

  • ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާއިމްކުރާ 1224 ގެ ހައުސިންގ ޔުނިޓު
  • ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާމްކުރާ 1190 ހައުސިންގ ޔުނިޓު
  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިމުކުރާ 364 ހައުސިންގ ޔުނިޓު
  • އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިކުރާ 182 ހައުސިންގ ޔުނިޓު
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ވިލިމާލޭގައި ޤާއިމުކުރާ 300 ހައުސިންގ ޔުނިޓު

މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.