އަހަރެން ﷲ ދެކެ ލޯބިވޭ! އެކަމަކު ދީނަށް އުޅޭކަށް ބޭނުމެއް ނުވޭ!

”އަޚާއެވެ! ދީނަށް ނޫޅެ ﷲ ދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. މިހާރު މިއޮތީ ވަރަށް ބަލިކަށި އާދައެއް އުފެދިފަ އެވެ.

އަޚާއެވެ، ތިބާއަށް މިކަން ފާހަގަކުރެވޭ ހެއްޔެވެ؟ ބަޔަކު ބުނާނެ އެވެ: ’މަގޭ ހިތުގައި އޮތް އެއްޗެއް ކަލެއަކަށް ނޭނގޭނެއެވެ. އަހަރެންގެ އީމާންތެރިކަން އޮތީ މަގޭ ހިތުގައެވެ. ﷲ އާ އަހަންނާ ދެމެދު އޮތް ގުޅުން އޮތީ މަގޭ ހިތުގައެވެ.‘

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ’ހިތުގެ‘ ޚިޔާލަކީ ވަރަށް ނުރައްކާތެރި (ވިހަ) އެއްޗެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އެމީހާ އައިސް ބުނާނެއެވެ: ’އަޚާއެވެ، ހިތްތަކުގައިވާ އެއްޗެއް ކަލެއަށް އެނގޭ ހެއްޔެވެ؟‘ ނޫނެކެވެ، ހިތުގައިވާ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު ޙަޤީޤަތުގައި އޭނާ އެ ފޮރުވަނީ އޭނާގެ މުނާފިގުކަމެވެ.

އާނއެކެވެ، އެންމެންވެސް ﷲ ދެކެ ލޯބިވާކަމަށް ބުނެއެވެ. އެކަމަކު ދީނަށް އުޅެން ބޭނުންވާ މީހަކު ނެތެވެ. އެންމެންވެސް ރަސޫލާ ﷺ ދެކެ ލޯބިވާކަމަށް ދައުވާކުރެ އެވެ. އެކަމަކު އެކަލޭގެފާނުގެ ސުންނަތް ބޭނުންވާ މީހަކު ނެތެވެ. ﷲ ގަންދީ ބުނަމެވެ، އަހަރެމެން ﷲ ދެކެ ލޯބިވެ އެވެ. އަހަރެމެން އެކަލާނގެއަށް ތަޢުރީފުކޮށް މަދަޙަކިޔައި، ހިނގާލުންތައް ބާއްވައި، ކަމެއް ދިމާވުމުން ބޮޑެތި މުޒާހަރާތައް ކުރަމެވެ. އާނއެކެވެ، އަހަރެމެން އެކަން ދައްކަމެވެ. އެކަމަކު އެކަލާނގެ (އެންގެވި ގޮތް) ބޭނުންވާ މީހަކު ނެތެވެ. އަހަރެމެން ސުވަރުގެދެކެ ލޯބިވެއެވެ. އެކަމަކު މަރުވާން ބޭނުންވާ އެކަކުވެސް ނެތެވެ.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.