އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ މަހާސިންތާ މި މަހު ބާއްވަނީ..

ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ބާއްވާ ބައިނަލްއަޤްވާމީ ފުރަތަމަ މަހާސިންތާ މިމަހުގެ ބެއްވުމަށް ނިންމާފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އެ ޔުނިވަރސިޓީން ބުނީ މަހާސިންތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޔުނިވަތސިޓީގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖައްސާފައިވާ އެ މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ މުފައްކިރުންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ދިރާސާ ކަރުދާސް ހުށަހަޅާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމިކް ޔުނިވަރސިޓީން ބުނީ އެ މަހާސިންތާގެ ކީނޯޓު ސްޕީކަރުންގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުހައްމަދު ބިން ސުއޫދު އާއި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ރެކްޓަރ ޑރ. މުހައްމަދު ސައިދު އަލް އަލަމް އަލްޒަހްރާނީ އާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން އޮފީހުގެ ޑިރެކްޓަރ ޕްރޮފެސަރ ޑރ. އައިނުލް ޖާރިއާ މައިދީން ވާހަކަ ދައްކަވާނެ ކަމަށެވެ.

އަދި އެ މަހާސިންތާގެ ޕްރިމިލަނަރީ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ޕެރެލަލް ޑިސްކަޝަންގެ އިތުރުން ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މަހާސިންތާގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އިސްލާމްއާބާދުގެ ރައީސް ޕްރޮފެސަރ އަޙްމަދު ޔޫސުފް ޢަލީ ދްރަވީޝް އާއި ބުރުނާއި ދާރުއްސަލާމުގެ ސުލްތާން ޝަރީފް ޢަލީ އާއި އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓަރ ޕްރޮފެސަރ މުޙައްމަދު ޙުސައިން އަޙްމަދާއި ދުނިޔޭގެ އިސްލާމީ ޔުނިވަރސިޓީތަކުގެ އިސްބޭފުޅުން މެހެމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

އެ މަހާސިންތާގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 239 ބައިވެރިން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.