
”ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026“ ފަށައިފި
ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު ބާއްވާ ”ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026“ ފަށައިގެން ކުރިއަށް އެބަދެ އެވެ.
ޔޫތު ހަބުގައި ރޭ މި ފެސްޓިވަލް ފަށާފައިވާއިރު މިރޭ މި ފެސްޓިވަލް ނިމިގެންދާނެ އެވެ.
މި ފެސްޓިވަލް ކުރިއަށްދާނީ ރޭގަނޑު 21:30 އިން 00:00 އަށެވެ.
މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެ އެވެ.
ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.



