އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ: ސްޓޭޓް ޑރ. ކިނާނަތު

އީފާސްގެ ވަރަށް ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އީފާސްގެ އައު ވާރޝަންގެ މަސައްކަތްތައް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި އީފާސްގެ ދެވަނަ ވާޝަން ނެރެވިގެންދާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީފާސްގެ ދެވަނަ ވާޝަން އަޅުގަނޑުމެން މި ނެރެވީ ވަރަށް އެޑްވާންސް ފީޗާސްތަކަކާއެކީ. އީފާސްއަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެއް. މިހާރު އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސް ދައްކާގޮތުން 2،072،000އަށްވުރެ ގިނަ ފަރާތްތަކުން ދަނީ އީފާސް ބޭނުންކުރަމުން. މި ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެންނަަމަވެސް މިހާރު އަޅުގަނޑުމެން ގަސްދުކޮށްފަ ހުންނާނީ އިފާސްގެ ދެވަނަ ވާޝަންގަ 10 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް އަދި ބެލެނިވެރިންނަށް ވަދެވޭގޮތަށް. އަޅުގަނޑުމެން ބޭނުންވަނީ އީފާސްބޭނުންކުރާ މީހުން އިތުުރުވުން. ސްޓޭޓް ޑރ. ކިނާނަތު

ސްޓޭޓް ވިދާޅުވީ މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.

އަދި މިއަހަރުގެ މެދުތެރޭގައި ނެރޭ ވާޝަން 2ގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗަރސްތަކާއެކު އިތުރު ވާޝަންތައް ނެރެމުންދާނެ ކަމަށް ސްޓޭޓް މިިނިސްޓަރ ކިނާނަތު ވިދާޅުވިއެވެ.

އީފާސްގެ ބޭނުންކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެއް ކަމަށެވެ.

މިވީ މުއްދަތުގެ ތެރޭގައި އީފާސްގެ އައު ވަރޝަންއެއް ތަޢާރަފްވެފައިނުވާ ކަމަށް ސްޓޭޓް ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަން އަދި ޓެކްނޮލޮޖީ ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވަނީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ވިޝަން ކަމަށްވާ މޯލްޑިވްސް 2.0އާ ގުޅޭގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޑާޓާ ޕްރޮޓެކްޝަން ޤާނޫނާއި ޑިޖިޓަލް އައިޑީ ގާނޫނު އަދި ސައިބަރ ސެކިއުރިޓީ ޤާނޫނު. މޯލްޑިވްސް 2.0ގެ ޤާނޫނު މިހާރު ޑްރާފްޓްކޮށް ނިމިފަ ވަނީ. މި ހަތަރު ޤާނޫނުވެސް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ. ސްޓޭޓް ޑރ. ކިނާނަތު

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ނޭޝަނަލް ސޮވްރިންގ ކްލައުޑުގެ ކޮންސެޕްޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޑާޓާ އެކްސްޖޭންގް ކުރުމަށް ވަކި ޚާއްސަ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.