ފަލަސްޠީނު މަގުން ޢުމްރާއަށް

އެތައް ޒަމާނަކަށްފަހު، ފަލަސްޠީނުމަގުން ޢުމްރާއަށް ދެވޭގޮތް ހަމަޖެހިއްޖެ އެވެ.

މި ކަން ރާވައި އިންތިޒާމުކުރަނީ އިސްލާމިކް ޓުއަރސްގެ ފަރާތުންނެވެ. އިސްލާމިކް ޓުއަރސްގެ ތިން ޙަރަމު ޢުމްރާގެ ބާއިވެރިން މިއަދު ފަލަސްޠީނަށް ވަދެ މަސްޖިދުލް އަޤްޞާއަށް ވެސް ވަނީ ޒިޔާރަތްކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމިކް ޓުއަރސްގެ ޓީމު ފަލަސްޠީނަށް ދިޔައީ ޢުރުދުން (ޖޯޑަން)ގައި 4 ދުވަސް ހޭދަކޮށްފައެވެ. މިއީ ތާރީޚީ އާޘާރުތައް ބަލައިލުމުގެ ޘަޤާފީ ދަތުރެއް ހިމަނައިގެން ކުރިޔައްދާ ކަމެއް ކަމުގައި އިސްލާމިކް ޓުއަރސުން މަޢުލޫމާތުދެއެވެ. މި ދަތުރުގެ ބައިވެރިން ފަލަސްޠީނުގައި 4 ދުވަހު ތިބޭނެ ކަމަށާއި، އެ ތަނުން ދެން ދަތުރުކުރާނީ މިޞްރަށް ކަމަށް އިސްލާމިކް ޓްއަރސްގެ ޑިރެކްޓަރ އަދި ދީނީ އިސް މުސްތަޝާރު އައްޝައިޚް މުޙައްމަދު އަފްޟަލް ވިދާޅުވި އެވެ.

ޝައިޚް އަފްޟަލް ވިދާޅުވީ ”އަޅުގަނޑުމެން ރާއްޖެއިން ފުރައިގެން ފުރަތަމަ ދިޔައީ ޢުރުދުނަށް، އެ ތަނުގައި ހުރި ތާރީޚީ އާޘާރުތަށް ބަލައިލުމަށް ފަހު، الحمد لله، މިހާރު އަޅުގަނޑުމެން މި ތިބީ ފަލަސްޠީނުގައި، މި ތަނުގައި އަޅުގަނޑުމެން ތިން ރޭ ހަތަރު ދުވަސް ހޭދަކޮށްފައި އިރާދަކުރެއްވިއްޔާ ދެން މިޞުރަށް ދާނީ، މިޞުރުން ދެން، ސަޢުދީއަށް، މިބުނީ މަދީނާއަށް އެއަށް ފަހު މައްކާއަށް ގޮސް ޢުމްރާވެފައި ރާއްޖެއަށް! – إن شاء ﷲ!“

ފަލަސްޠީނު މަގުން ޢުމްރާއަށް ދެވުމާއި، ޖޯޑަންއަށާއި މިޞުރަށް ގޮސް އެ ތަންތަނުގައި ހުރި ތާރީޚީ ތަންތަނާއި އާޘާރުތައް ބަލައިލަން މި ދަތުރުގައި ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަތުރުގެ ބައިވެރިން ފާހަގަކުރެ އެވެ.

”ޢުރުދުންގައި ހުންނަ ޞަލާހުއްދީން ޢައްޔޫބީ ބިނާކުރެއްވި އަޖްލޫން ކިއްލާއަށް ވަދެފައި އަނެއް ދުވަހު ކަހަފް ބާގައިގެ މީހުން ނިދާފައި ތިބި ހޮހޮޅައަށް ވަދެވުނު.“ ނަންނުޖަހަންބުނެ ބައިވެރިޔަކު ކިޔައިދިނެވެ.

ދަތުރުގެ ބައިވެރިން މި ކަންކަން ފާހަގަކުރަނީ ޙަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައެވެ.

ބައެއްބައިވެރިން ބުނީ ”ލޫޠުގެފާނުގެ ޤައުމު ބަންޑުންޖައްސަވައިލެއްވި ސަރަޙައްދު، މި ކިޔާ ޑެޑްސީ ވެސް ފެނުނު، އަދި ބަނީ އިސްރާއީލުންނަށް ދެއްވަން، ﷲ ވަޢުދުވެ ވަޑައިގެންނެވި ބިން މޫސާގެފާނަށް ފެނިވަޑައިގެންނެވި އިރު އެކަލޭގެނާފު ހުންނެވި ފަރުބަދައަށް ވެސް އެރުމުގެ ފުރުޞަތު ލިބުނު“  މި ނޫން ވެސް އިތުރު ތަންތަނަށް މި ދަތުރުގައި އިސްލާމިކް ޓުއަރސްގެ ބައިވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޕަލަސްޠީނަށް ފަހު މި ދަތުރުގެ ބައިވެރިން ދަތުރުކުރާނީ މިޞުރަށް ކަމަށާއި، އެ ތަނުން އެންމެފުރަތަމަ ޒިޔާރަތްކުރާނީ މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމަށް، އެކަލޭގެފާނު ގެންދެވުނު ފަރުބަދައަށް ކަމަށް އިސްލާމިކް ޓުއަރސުން ބުނެއެވެ.

އެއަށްފަހު ޕިރަމިޑުތައް ބަލާނެ ކަމަށާއި، އަދި މީގެ އިތުރަށް މާތް ﷲގެ ކޯފާ ޙައްޤުވެ، ޣަރަޤުވެގެން ދިޔަ ފިރުއަޢުނުގެ ހަށިގަނޑު އޮތް ދާރުލް އާޘާރަށް ވެސް ދާނެ ކަމަށް އިސްލާމިކް ޓުއަރސުން ބުނެ އެވެ.

ރާއްޖޭގައި ތިބެގެން ދަރުސްތަކުން ދަސްކުރާ ފިލާވަޅުތަކާއި ލިބޭ ތާރީޚީ މަޢުލޫމާތުތަކުގެ އަސްލު ހާދިސާ ހިނގާފައިވާ ތަންތަނަށް ދިވެހިން ގެންގޮސްދިނުން އެއީ، މި ދަތުރުތަކުގެ އެންމެ ބޮޑު މަޤްޞަދުކަމުގައި އިސްލާމިކް ޓުއަރސުން ބުނެ އެވެ.

އިސްލާމީތަރިކައާއި އާޘާރުތަކަށް ކުރާ ޘަޤާފީ މި ދަތުރުގައި އެ ތަންތަން ލޮލުން ދެކެ އަތުން ހިފައި އޭގެ ޢަމަލީ ތަޖުރިބާ އަމިއްލަ މީހާ ކޮށްލުމުގެ ފުރުޞަތު ކޮންމެ ބައިވެރިޔަކަށް ވެސް އޮންނާނީ ހުޅުވިފަ އެވެ.

އަދި މި ކަންކަމުގެ ސަބަބުން ބައިވެރިންގެ ހިތްތަކުގައި އީމާންތެރިކަން ޒާތާވެ، ރޫޙާނީ ދުޅަހެޔޮކަން އިތުރުވެގެން ހުރެ ޢުމްރާވާއިރު އިޚްލާޞްތެރިކަމާ އެކު ތައުބާވުމަށް ވަރަށް ރަނގަޅު ފަހި ދޮރެއް ހުޅުވިގެން ދާނެ އެވެ.

މި ދަތުރުތަކުގައި އެންމެ އިސްކަމެއް ދެއްވަނީ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް، އިސްލާމިކް ޓުއަރސްގެ މެނޭޖިން ޑިރެކްޓަރ ޙަސަން ސިނާން ބުނުއްވި އެވެ.

”އަޅުގަނޑުމެން ދަތުރުކުރަމުން މި ދާ ސަރަޙައްދުތަކުގެ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުންނާނީ،  ދަތުރުގެ ބައިވެރިނަށް އެއްވެސް ތަކުލީފެއް ނުޖެހި، އުޅެވޭވަރަށް އިރާދަކުރެއްވިއްޔާ، އިދާރީ ކަންކަން ފުރިހަމަކޮށްފައި ވާނީ، ކޮންމެ ޤައުމަކަށް ވެސް މި ދަނީ ވިސާ ވެސް ނަގައިގެން، އަދި ކޮންމެ ޤައުމަކުން ވެސް ޓުއަރ ޤައިޑެއް ހަމަޖެއްސައިފައި ހުންނާނެ، އޭނާއަކީ އެ ޤައުމުގެ ސަރުކާރުން ގައިޑް ލައިސަންސް  ލިބިފައި އޮންނަ މީހެއްކަން އަޅުގަނޑުމެން ޔަޤީންކުރަން. ރާއްޖެއިން ފުރުމުގެ ކުރިން މި ކަންކަން ހަމަޖައްސައިފައި ހުންނާނީ“ ސިނާނު ބުނުއްވި އެވެ.

އިސްލާމިކް ޓުއާރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ފެންނަންހުރި އިސްލާމީ އާޘާރުތަކާ ހަމައަށް  އަމާންކާމާއި ސަލާމަތްކަންމަތީ ދިވެހިން ގެންގޮސްދިނުން ކަމަށާއި، މިފަދަ ދަތުރުތަކުގައި ހުރުމާއި ކެއުންބުނިމުގެ އިންތިޒާމު ދިވެހިންނާ ގުޅެގޮތަށް ފެންވަރު ރަނގަޅު ހޮޓާތަކުން ހަމަޖައްސާފައި ހުންނާނެ ކަމަށާއި ކުރިޔަށް ހުރި މިފަދަ އިތުރު ދަތުރުތަކަށް ހުރިހާ ދިވެހިންނަށް މަރުޙަބާ ކިޔާކަމަށް އިސްލާމިކް ޓްއަރސުން ބުނެ އެވެ.

ކުރިޔަށް ހުރި ދަތުރުތަކުގެ މައުލޫމާތު ހޯއްދެވުމަށާއި، ދަތުރުން ޖާގަ ހޯއްދެވުމަށް އިސްލާމިކް ޓުއަރސްގެ މީސްމީޑިއާ މަންސަތަކަށް ފޮލޯކޮށްލަން އިސްލާމިކް ޓްއަރސްގެ މެނޭޖިންޑައިރެކްޓަރ ޙަސަން ސިނާނު ބުނުއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.