2023 ވަނަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: ބިގް ފިޝް

2023 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުންޏަކީ ބިގް ފިޝް މޯލްޑިވްސް އެވެ.

ބިގް ފިޝް މޯލްޑިވްސް އަކީ ރާއްޖޭގެ މަސްވެރިން ބާނާ ބޮޑުކަންނެލި ޕްރޮސެސްކޮށް، ބޭރުގެ ބާޒާރަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި 2015 ގައި ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ޕްރޮސެސިންގ ފެސިލިޓީ ހުންނަނީ ކ. ހިންމަފުށީގައެވެ. ރަނގަޅު، ވާދަވެރި އަގެއްގައި ޕްރީމިއަމް ގްރޭޑްގެ ކަންނެލި ބާޒާރަށް ފޯރުކޮށްދިނުމަކީ ބިގްފިޝް އިން އެންމެ އިސްކަންދޭ އެއްކަންތަކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކ. ހިންމަފުށީގެ ފެސިލިޓީގައި ދުވާލަކު 40 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ޤާއިމުކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ދުވާލަކު 55 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަމާއި، 300 ޓަނުގެ ގަނޑުކުރި މަސް ރައްކާރުކުރުމުގެ ގާބިލުކަމާއި، 17 ޓަނުގެ ބްލާސްޓް ފްރީޒިންގ ކެޕޭސިޓީ ފެސިލިޓީގައި ޤާއިމުކޮށްފައިވެ އެވެ.

ބިގް ފިޝް މޯލްޑިވްސް އަކީ މަސް ގަނެ ޕްރޮސެސްކުރުމުގެ ޒަމާނީ އެކިއެކި އައު ވަސީލަތްތައް ތަޢާރުފްކޮށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކުގެ އެކްސްޕޯޓް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.