
ނ. މަނަދޫއިން 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފި
ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތަައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އެވެ.
މަނަދޫގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް 7 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.



