
އީރާނުގެ ފުރަތަމަ ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރަން ތައްޔާރު
އީރާނުގެ ފުރަތަމަ ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރަން ތައްޔާރުވެފަވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އީރާނުން އެގައުމުގެ ފުރަތަމަ ނިއުކްލިއަރ ހަތިޔާރު ހަފުތާއެއްހާ ދުވަސްތެރޭ ޓެސްޓް ކުރާނެ ކަމަށް ވެއެވެ.
އީރާނުގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ސައިންސް އިން ކަށަވަރުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިޓެސްޓް ކުރާނީ އީރާނުގެ “ތާލެކާން-2” ފެސިލިޓީން ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް މިކަމާގުޅޭ ގޮތުން އީރާނުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އީރާނުން ބިމުގެ އަޑީގައި އަލަށް ޤާއިމްކޮށްފައިވާ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް އިޒްރޭލުން ބޮން އަޅަން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ބިރުދައްކަމުންދާއިރު، އީރާނާއެކު ދިފާޢީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޗައިނާއާ ރަޝިޔާއިން އެކުލަވާލުމުގެ މަޝްވަރާތައް މޮސްކޯގައި ދަނީ ކުރިއަށެވެ.



