ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި

އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލޮގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފި އެވެ.

އެޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަނަކީ ސައިބަރ އެވެއާނެސް މަހާ ގުޅިގެން “އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން ގޫގަލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް މި ސެޝަންގައި ހަމަޖައްސާފައިވެ އެވެ. އަދި މި ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރާތްބަހުން ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސައިން

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގަ އެވެ. ގަލޮޅު ޕޮލިސް ނެއިބަހުޑް އިން އިންތިޒާމުކޮށްގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރޮންޓްލައިން ޕޮލިސްގެ ހުރިހާ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.

މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން ކިޔައިދީފައިވެ އެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމައި ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި އޮންލައިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރާނަމަ ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުއާމަލާތެއް ނުކުރުމަށާއި ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ބެންކު އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް މައުލޫމާތުދީ އެކަންކަން ދަސްކޮށްދީފައިވެ އެވެ.

ސެޝަން

މީގެ އިތުރުން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށާއި އެ ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތާއި ކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.