އިޒްރާއީލުން ދިން ޙަމަލާތަކުގައި 91 މަރު

ހަނގުރާމަ ހުއްޓާލުމަށް ވެވިފައިވާ އެއްބަސވުމާއި ޚިލާފުވެ އިޒްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 91 މީހުން ޝަހީދުވެއްޖެއެވެ. ރޭގައި ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 24 ކުޑަކުދިން ހިމެނޭކަމަށް ސިއްޙީ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން ވެސް އިޒްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ސުލްހައިގެ އެއްބަސްވުމަށް އަސަރެއް ނުކުރާ ކަމަށާއި، އިޒްރާއީލުން ހަމަލާ ދީފައިވަނީ ޙަމާސްއިން އިޒްރާއީލް ސިފައިންގެ މީހަކު މަރާލާފައިވާތީ ކަމަށެވެ. އަދި ޙަމާސްއިން އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ރައީސް މިފަދައިން ބުނެފައިވާއިރު، އިޒްރާއީލުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަނީ އެއްބަސްވުމާއި ޚިލާފު ވަމުންނެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް ކާބޯތަކެއްޗާއި އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށްވެސް ވަނީ ދަތިކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ދުއްތުރާ ކުރުމާއި، ބިންތައް ފޭރުން، އަދި ބޮމުގެ ހަމަލާތައް ދިނުންވެސް ވަނީ މެދުނުކެނޑި ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.