
ހިރިހާ އަސީރުން މިނިވަން ވުމާއެކު އަލުން ހަނގުރާމަ ފެށުމަށް އިސްރާއީލްގެ ފިނޭންސް މިނިސްޓަރ ގޮވާލައިފި
ހުރިހާ އަސީރުން މިނިވަންވުމާއެކު ހަނގުރާމަ އަލުން ފެށުމަށް އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ގޮވާލައިފި އެވެ.
ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ބުނީ، ހަނގުރާމައިގެ ފޭސް 1 ނިމުމުން އިސްރާއީލުން ޣައްޒާ ހަނގުރާމަ އަލުން ފަށާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
“ހަމާސްގެ ހަތިޔާރު ނައްތާލުން ނާކާމިޔާބުވެއްޖެނަމަ ނުވަތަ މަޝްވަރާތައް ރޫޅިގެން ހިނގައްޖެނަމަ އަލުން ހަނގުރާމަ ފަށާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ފަރާތުން ވަނީ ލިބިފަ” ހަނގުރާމައިގެ ފިނޭންސް މިނިސްޓަރ ވަނީ ބުނެފައެވެ.
ކަނާތުފިޔައިގެ ހަރުކަށި ޒަޔަނިސްޓް ފެކްޝަނަށް ނިސްބަތްވާ ބެޒާލެލް ސްމޮޓްރިޗް ބުނީ، ދިރިތިބި ހުރިހާ އަސީރުން މިނިވަންވުމަކީ ލިބުނު ކާމިޔާބީއެއްކަމަށެވެ.
“އަހަރެމެންގެ ޝަރުތަކީ ހަމާސް ނައްތާލުން.” މިސްޓޭންޑް ބަދަލު ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.