ޖީ.އެމް ފޯރަމް ވަޒީރު ޠާރިޤު ޝަރަފުވެރިކޮށްދެއްވައިފި

ހޮޓެލިއަރ މޯލްޑިވްސް ޖެނެރަލް މެނޭޖަރުންގެ ފޯރަމް މިއަދު ކުރުންބާ މޯލްޑިވްސް ގައިފަށައިފި އެވެ.

މި ފޯރަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ ޕްރޮފެޝަނަލުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، މުސްތަޤުބަލަށް ތައްޔާރުވުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސާފުތާހިރު ގޮނޑުދޮށްތަކާއި، ފެންވަރު މަތީ ޚިދުމަތްތަކުގެ ފަހަތުގައިވާ 24 ގަޑިއިރު 7 ދުވަހު ކުރަންޖެހޭ މަސައްކަތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ދިވެހިރާއްޖެ ޕްރިމިއަރ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓިފައިވަނީ، މެނޭޖަރުންނާއި އެމީހުންގެ ޓީމްގެ ބުރަ މަސައްކަތާއި، ޓީމްވޯކްގެ ސަބަބުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގަށް ބައްލައިލައްވަމުން، ވިދާޅުވީ، ދުނިޔެ ވަރަށް ހަލުވިކޮށް ބަދަލުވަމުން އަންނަ އިރު، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ފަތުރުވެރިންގެ އުންމީދުތަކާއި ޗުއްޓީ ރާވާ ގޮތްވެސް ބަދަލުވަމުން އަންނަ ކަމަށެވެ. މި ބަދަލުތަކަށް ތައްޔާރުވެ، އެކަންކަމުގެ ފައިދާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ”މޯލްޑިވްސް 2.0“ އިނީޝިއޭޓިވް ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި އިނީޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ، މޮބައިލް، ޗާލާކު، އަދި މާދަމާގެ މައްސަލަތަކާ ކުރިމަތިލާ ޙައްލުކުރުމަށް ތައްޔާރު ޤައުމަކަށް ވުމެވެ.

މިއަހަރުގެ ފޯރަމްގެ ޝިޢާރު ޑިޖިޓަލައިޒޭޝަނަށް އަމާޒުކޮށްފައިވާކަން ފާހަގަކުރައްވައި، ޑިޖިޓަލައިޒޭޝަނާއި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި އެކްސެސިބިލިޓީއާއި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމަށް އުނިކަމެއް އަންނަގޮތަށް ވެގެން ނުވާނެކަން އަލުން ފާހަގަކުރެއްވި އެވެ.

ސަރުކާރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ގާތުން މަސައްކަތްކޮށް، ރާއްޖޭގެ މަންޒިލުގެ މަޤާމު ކަނޑައެޅުމާއި އިތުރަށް ފުރިހަމަކުރުމަށްޓަކައި، ޖަމާޢީ ގޮތެއްގައި މުޢާމަލާތުކުރުމުގައި އެހީތެރިވެ، އިސްކަންދޭ ކަންކަން ފަހިކޮށްދިނުމަށް ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

މި ފޯރަމް ކާމިޔާބުކަމާއެކު ބޭއްވުމަށް ކުރެއްވި މަސައްކަތަށް ހޮޓެލިއަރ މޯލްޑިވްސް ޖެނެރަލް މެނޭޖަރުންގެ ފޯރަމްގެ ޓީމަށް ޝުކުރު އަދާކުރައްވައި ވާހަކަފުޅު ނިންމަވާލެއްވިއެވެ. އަދި ފޯރަމްގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ބިނާކުރަނިވި މަޝްވަރާތަކަކާއި ރަނގަޅު ދުވަހެއް ލިބުން އެދި ދުޢާކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.