
ކެންދޫ ރައްޔިތުން ކަޅު އަނދިރީގައި
ބުރާސްފަތި ދުވަހުގެ އެކި ވަގުތުތަކުގައި ދޭތެރެދޭތެރެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުން ދިއުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ބ. ކެންދޫ ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފި އެވެ.
ކައުންސިލުގެ ރައީސް އިބްރާހިމް ޢަބްދުއްރަޙްމާނު ވިދާޅުވެފައި ވަނީ އެ ރަށުގައި ކަރަންޓުގެ މައްސަލައިގެ ދަތިކަން ތަހައްމަލު ކުރަންޖެހިފައިވާ މިހާރު ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި ސަބަބަކީ އެ ރަށުގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހުމުން އެކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުން ކަމަށެވެ.
ކެންދޫ ރައްޔިތުން އިހުތިޖާޖު ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާ، ކެންދޫ ދާއިރާގެ މެންބަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިރޭ ވެސް ރައްޔިތުން ތިބީ ކަނު އަނދިރީގައި ކަމަށާއި، މިއީ ވަރަށް ދެރަކަމެއް ކަމަށެވެ.