
ގެއްލުނު ކޮލަމާ ބޯޓް ފެނިއްޖެ
އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓް ފެނިއްޖެ އެވެ.
ބޯޓް ފެނުން އިރު ކެޕްޓަން އޮތީ އިންޖީނު ރޫމް ތެރޭގައި ނިޔާވެފަ އެވެ.
މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދިޔައި ކުރަމުންނެވެ.
ބޯޓް ފެނިފައިވަނީ މިއަދު ގއ. ވިލިނގިލީ ދޯންޏަކަށް އެކެފަރަ ސަރަހައްދުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަން ނިޔާވެފައިވަނީ އިންޖީނު ދިޔަވާން ފެށުމުން, ދިޔަ ހިއްކަން އިންޖީން ރޫމަށް ފައިބައި އުޅެނިކޮށް ކަރަންޓު ސޯޓެއް ވެގެންނެވެ.