ގިނަ ޢަދަދެއްގެ ފުލުހުން ތިބި ތަނަކުން، ފުލުހުންނަށް ފިލަން މަޚްލޫފް ދުވެވަޑައިގަތް ކަމަށް ބުނާ ވާހަކަ ޤަބޫލު ކުރަން ދަތި: އައިޕީޔޫ

އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު މަޚްލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމާއި ކަމާބެހޭ އިތުރު މީހުންނާ ބައްދަލުކޮށް އެ މީހުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓިގައި މިކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ދަށު ކޯޓުން މި ކަމާ ގުޅޭ ގޮތުން ކުރި ހުކުމްގެ ކޮޕީއަކާއި ޝަރީޢަތާ ގުޅޭ ލިޔުންތައް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

މަޚްލޫފްގެ މައްޗަށް ހުކުމްކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެ ރިޕޯޓުގައި ބުނެފައިވަނީ މަޚްލޫފްގެ މައްޗަށް ކޮށްފައިވާ 10 މަސްދުވަހުގެ ޖަލު ހުކުމަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހުކުމެއް ކަމަށެވެ. އަދި ޖަލުގައި ހުރެ އޭނާގެ ސިއްޙީ ޙާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އިން ގޮވާލާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި މަޚްލޫފްގެ މައްޗަށް ކޮށްފައިވަނީ އެންމެ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އައިޕީޔޫން އިން ފޮނުވާ އޮބްޒާރވަރަށް ޝަރީޢަތް ދާގޮތް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މީގެ ތިން މަސް ކުރިން މަޚްލޫފް ޖަލަށް ލާފައިވަނީ ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނުކަން ޘާބިތުވުމާއި ގުޅިގެންނާއި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަތްކަން ޘާބިތުވެގެންނެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިނުފަށައެވެ.

މަޚްލޫފްގެ ސިއްޙީ ޙާލަތު ގޯސްވަމުން ދާތީ ޢާއިލާ އިން ވަނީ އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.