
ހޯމަ ދުވަހު ވޯޓާތީމް ޕާކްގައި މަރުވެފައި އޮއްވާ ފެނުނީ ނޭޕާލް މީހެއް
ހުޅުމާލޭ ވޯޓާތީމް ޕާކްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ މަރުވެފައި އޮއްވާ ފެނުނީ 29 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން މިރޭ ހާމަ ކޮށްފިއެވެ.
އަދި އެމީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 21 އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ރުޕަން ތަޕާ މަގަރް ކަން ފޮރެންސިކް ކަން ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.