މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އަބްދުއްރަހްމާން މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭ ތިން މީހަކު ހައްޔަރުކޮށްފި

އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާނަށް މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގައި ބުދަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ، ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މާޅޮހު، ފިނިވާގޭ އަހުމަދު ފާރިސް، 28 ވަނީ އެ ރޭ އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފަ އެވެ. އެހެން ނަމަވެސް އެއީ އަބްދުއް ރަހްމާންގެ ދަރިއަކަށް ގުޅާވެސް މީހެއް ނޫނެވެ. 

މައްސަލައިގެ ތުހުމަތުތައް ހައްޔަރުކުރީ މާޅޮހުގެ ތިން މީހުން ކަމަށްވާ ފިޔަ، އަހުމަދު އާޝިދު 28، އާއި ފިނިވާގޭ، އަހުމަދު ފާރިސް 28، އަދި ލިލީފެހި، މުހައްމަދު ވިސާމް، 23 އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުން ވަނީ އާޝިދު އާއި ފާރިސް އަދި ވިސާމްގެ ގެ ވެސް މި މަހުގެ ކުރީކޮޅު ފާސްކޮށް، އޭގެ ތެރެއިން އެކެއްގެ އަންނައުނު ފަދަ ތަކެތި ގެންގޮސްފައެވެ. 

ބައެއް މީހުން ބުނާ ގޮތުގައި އަބްދުއްރަހްމާން މަރާލާފައިވަނީ ސިހުރު ހަދާ ކަމަށް ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް މި ތުހުމަތަށް ރަށުގެ ގިނަ މީހުން ދެކޮޅު ހަދައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.