
އޮންލައިން ނޫސްތައް ބްލޮކްކުރުން ހުއްޓާލުމަށް ގޮވާލާ ކުއްލި މައްސަލަ ބަލައިގެންފި
އޮންލައިން ނޫސްތައް ބްލޮކްކުރުން ހުއްޓާލުމަށް ގޮވާލާ ކުއްލި މައްސަލައެއް މިއަދު މަޖިލީހުން ބަލައިގެންފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله އެވެ.
މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ސަރުކާރުން އޮންލައިން ނޫސްތައް ބްލޮކްކުރަމުން ގެންދަނީ ގާނޫނު އަސާސީއާ ހިލާފަށްކަމަށެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 30 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުން 2 މެންބަރަކު މި މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ކުއްލިމައްސަލައެއް ހުށަހަޅައި އެ މައްސަލައިގައި ބަހުސް ކުރުމަށް މަޖިލީހަށް ބަލައިގެންފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި 2 އޮންލައިން ނޫހެއް ބްލޮކްކޮށްފައެެވެ. އެއީ ”ކުރުސީ.ކޮމް“ އާއި ”ދިޔަވަރު.ކޮން“ ކިޔާ ނޫހެކެވެ.
ސަރުކާރުން ބުނެފައިވަނީ ދެ ނޫސް ބްލިކްކުރީ ރެޖިސްޓާނުކޮށް ހިންގާތީކަމަށެވެ. ނަމަވެސް، އޮންލައިން ނޫސްތައް ބެލެހެއްޓުމުގެ ގާނޫނީ މަސްއޫލިއްޔަތު އޮންނަ މީޑިއާ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލުގެ މެންޑޭޓު ތެރޭގައި އޮތް ދެ މީޑިއާއެއް އެއްވެސް މައްސަލައެއް ދުރާލައި ހުށަހެޅުމެއްނެތި ބްލޮކްކުރުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
ސަރުކާރުން ބްލޮކްކޮށްފައިވާ ދެ ނޫހަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދެ ނޫހެވެ.



