
އެވިޑް ކޮލެޖަށް އަންނަ އަހަރު ވަނުމަށް އެދޭ ފަރާތްތަކަށް ފަސޭހަ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް..
އެވިޑް ކޮލެޖަށް އަންނަ 2017 ވަނަ އަހަރު ވަނުމަށް އެދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަދައިދީފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
އެގޮތުން ދަރިވަރުންނަށް ފަސޭހަވާނެ ގޮތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް އެވިޑް ކޮލެޖުގެ ފަރާތުން ވަނީ ހަމަޖައްސާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެވިޑް ކޮލެޖުން 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އަލަށް ތަޢާރަފްކުރާ 2 ކޯހެއް ކަމުގައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހުގެ ބެޗްލަރސް އަދި މާސްޓަރސް އާއި ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ސޮފްޓްވެއަރ އިންޖިނިއަރިންގ ކޯސް ހިމެނެއެވެ. އަދި ޖެނުއަރީގައި ފޯމް ހުށަހަޅާ ދަރިވަރުންނަށް ޚާއްޞަ ޑިސްކައުންޓްތަކެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ބެޗްލަރސް އޮފް ޕްރޮޖެކްޓް މެނޭޖްމަންޓާއި ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ސޮފްޓްވެއަރ އިންޖިނިއަރިންގ އިން 30% އަދި މާސްޓަރސް އޮފް ޕްރޮޖެކްޓް މެނޭންޖަމަންޓް ކޯހުން %20 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއެވެ.

ވިޑް ކޮލެޖްގެ 2 ކެމްޕަސްގައި 2017 ވަނަ އަހަރު ކިޔަވައިދިނުމަށް ހުޅުވާލާ އިތުރު ދާއިރާތަކަކީ:
- އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ދާއިރާއިން ސެޓްފިކެޓް 3 އިން ފެށިގެން ބެޗްލަރސް ޑިގްރީ އާއި ހަމަޔަށް
- ޕްރައިމަރީ އިން މިޑްލްސްކޫލް ޓީޗިންގ ދާއިރާއިން ޑިޕްލޮމާއިން ފެށިގެން ބެޗްލަރސް ޑިގްރީ އާއި ހަމަޔަށް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ސެޓްފިކެޓް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާއި ހަމަޔަށް
- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް އިން ފެށިގެން މާސްޓަރސް ޑިގްރީއާއި ހަމަޔަށް
- ހިއުމަން ރިސޯސަސް ދާއިރާއިން ސެޓްފިކެޓް 3 އިން ފެށިގެން ބެޗްލަރސް ޑިގްރީއާއި ހަމަޔަށް
- ކައުންސެލިންގ ދާއިރާއިން ޑިޕްލޮމާއިން ފެށިގެން އެސޯސިއޭޓް ޑިގްރީއާއި ހަމަޔަށް
- އެޑިޔުކޭޝަނަލް ލީޑަރޝިޕް މެނޭޖްމަންޓް ދާއިރާއިން މާސްޓާރސް ޑިގްރީ އާއި ހަމަޔަށް
އަދި މެލޭޝިޔާގެ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން އެވިޑް ކޮލެޖްގައި ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ރީޖަނަލް ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިގޮތުން ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން މާސްޓަރސް އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ޕްރޮގްރާމްއެއް 2017 ޖެނުއަރީގައި ފެށުމަށްޓަކައި އެވިޑް ކޮލެޖުން މަސައްކަތް އަންނަ ކަމަށާއި ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ އެޑިޔުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ޕްރޮގްރާމް އެވިޑް ކޮލެޖުން މެނޭޖްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.
އަދި މިޕްރޮގްރާމްގެ ހުރިހާ ކަމެއްވެސް ހިންގާ ބަލަހައްޓަވަމުން ގެންދަވާނީ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ކަމަށާއި އެވިޑް ކޮލެޖުގެ އަމާޒަކީ އަބަދުވެސް ދަރިވަރުންނަށް ލުއިފައިސޭހަވާނެ ގޮތަކަށް ކަންކަން ހަމަޖައްސައިދިނުން ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެވިޑް ކޮލެޖްގެ ހޮޓްލައިން 7803228/7803226 ނުވަތަ ކޮލެޖްގެ އޮޕަރޭޓަރ 3006768/3016768 މި ނަންބަރ ފޯނާއި ގުޅުއްވުން އެވިޑް ކޮލެޖުން އެދެއެވެ.



