
ޒަކާތުގެ ގޮތުގައި މިއަހަރު ކޮންމެ ފަޤީރަކަށް 900 ރުފިޔާ
1437
1437 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވަނީ 1436 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.
މާލޭ އޭރިޔާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަޤީރުންނަށް ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.
މާލޭ އޭރިޔާގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަޤީރުންނަށް ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވައިވަނީ ނޮވެމްބަރ 21، 22، 23، 24. ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން ހަވީރު 16:00 ށެވެ.
އަތޮޅުތެރޭގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.
ރަށްރަށުގައި ފައިސާ ދޫކުރަމުން ދާނީ އެރަށެއްގެ ރަށު ކައުންސިލުން ހަމަޖައްސާ ދުވަސްތަކާއި ވަގުތުތަކުގައެވެ. މިއަހަރު މުދަލުޒަކާތުން ފައިސާ ދޭ ފަޤީރުންގެ ލިސްޓުގައި މި ޖުމްލަ 12335 ފަޤީރުން ހިމެނެއެވެ.
މާލޭ އޭރިޔާގައި ތިބީ 2399 ފަޤީރުންނެވެ.
އަތޮޅުތަކުގެ ތިބީ 9936 ފަޤީރުންނެވެ.
މާލޭ އޭރިޔާއާއި އަތޮޅުތެރޭގެ ފަޤީރުންގެ ލިސްޓު އެކުލެވިފައިވާގޮތް
| މާލޭ އޭރިޔާ | ފަޤީރުންގެ ޢަދަދު |
| މާލެ | 1861 |
| ހުޅުމާލެ | 253 |
| ވިލިމާލެ | 285 |
| 2399 |
| އަތޮޅުތެރެ | ފަޤީރުންގެ ޢަދަދު |
| ހއ | 202 |
| ހދ | 655 |
| ށ | 177 |
| ނ | 178 |
| ރ | 588 |
| ބ | 123 |
| ޅ | 171 |
| ކ | 215 |
| އއ | 105 |
| އދ | 124 |
| ވ | 0 |
| މ | 90 |
| ފ | 47 |
| ދ | 72 |
| ތ | 755 |
| ލ | 717 |
| ގއ | 1972 |
| ގދ | 2346 |
| ޏ | 291 |
| ސ | 1108 |
| 9936 |
މި ޢަދަދުތަކަކީ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން މުއްދަތު ހުޅުވައިލެވި، އެމުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދުނު ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ބަލާ އުޞޫލުތަކަށްފެތޭ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ލިސްޓެކެވެ.
ލިސްޓު ފައިނަލް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ލިސްޓާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފައިނަލް ލިސްޓު އެކުލަވައިލެވިފައިވަނީ ޝަކުވާތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
ޒަކާތުގެ ގޮތުގައި މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މީހަކަށް 900 ރުފިޔާއެވެ.



