ކޮވިޑް ބަލީގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން: ޑރ. ފައިސަލް

ކޮވިޑް-19 ގައި ގިނައިން ނިޔާވެފައި ވަނީ ވެކްސިން ނުޖަހާ މީހުން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލީގައި ގިނައިން ނިޔާވެފައިވަނީ ދޮށީ އުމުގެ މީހުން ކަމަށާއި އޭގެތެރޭގައި ގިނައީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑރ ފައިސަލް ވަނީ ދޮށީ އުމުރުގެ ބޭފުޅުން ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް ފާހަގަކޮށްފައެވެ. އަދި ދޮށީ މީހުންގެ އިތުރުން އާންމުންވެސް ވެކްސިން ޖެއްސެވުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 103 މީހަކު ނިޔާވެފައިވާއިރު، އޭގެތެރޭގައި ގިނައީ އުމުރުން ދޮށީ މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި މިވަގުތު 268 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 45،956 މީހުންނެވެ. އަދި 28،849 މީހުން ބަލިން ފަސޭހަ ވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.