
އެންވާރްމަންޓާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލާ، ވަޒީރަކަށް ޝައުނާ އައްޔަންކޮށްފި
އެންވަަޔަރމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮކީ މިނިސްޓްރީ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ ވަޒީރަކަށް އައިޝަތު ޝައުނާ އައްޔަން ކުރައްވައިފިއެވެ.
އެންވާރްމަންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ.ހުސެއިން ރަޝީދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައެވެ.
ޝައުނާ އާއި ހުސެއިން ރަޝީދަށް ދެންމެ ވަނީ މަގާމުގެ ފަތްކޮޅު ވެސް އަރުވާފައެވެ.
މީގެ ކުރިން ޝައުނާ އަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއެވެ. އެއީ ސްޓޭޓް މިނިސްޓަރާ އެއްފެންވަރެއްގެ މަގާމެކެވެ.
އިތުރު ތަފްސީލް އަންނަނީ..



