
ޚިތާނުކުރުމުގެ ޙަފްލާއައި ބެހޭގޮތުން އައްޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވަނީ…
މިހާރަކަށް އައިސް ޚިތާނަކުރުމުގެ މުނާސބަތުގައި ހަފްލާތައް ބާއްވާތީ އެބަ ފެނެއެވެ. މި ކަމަކީ މިހާރަކަށް އެކަނި ޚާއްޞަ ވެގެން ވާ ކަމެއް ވެސް ނޫނެވެ. ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަން ކުރުން ތަންކޮޅެއް މަދުވެފައި ވީ ޒަމާނެއް ދިވެހިން ތަޖުރިބާ ކޮށްފިއެވެ. އޭގެފަހުން އަނެއްކާ މިކަން ދިރެމުން އަންނާތީ ވަރަށް ގިނަމީހުން މިކަމާ ބެހޭ ގޮތުން ސުވާލު އެބަ ކުރެއެވެ.
މި މައްސަލައިގެ ރާޖިހު ގޮތެއް ހޯދުމަށް ރޭޑިއޯ އެޓޯލުން ކުރި މަސައްކަތުން ފެނުނު އެންމެ ރަނގަޅު ދިވެހި ލިޔުމަކީ އައްޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުމެކެވެ. އެބޭފުޅާގެ އަމިއްލަ ވެބްސައިޓުގައި މިހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ޝާއިޢު ކުރައްވާފައިވާ އެމަޒުމޫނު (ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން) ވިދާޅުވެލެއްވުމުން މިކަމާބެހޭގޮތުން ވަރަށް ފުރިހަމައަށް މައުލޫމާތު ލިބިލައްވާނެއެވެ.
އައްޝައިޚު މުޙައްމަދު ޝާފިއަކީ އިސްލާމް ދީނުގެ ދައުވަތު ދިވެހިރާއްޖޭގައި ފެތުރުމަށް ވަރަށް ހިތްވަރާއިއެކު މަސައްކަތްޕުޅު ކުރައްވާ ހީވާގި ބޭފުޅެކެވެ. އެބޭފުޅާގެ ޙަޔާތުގައި ބަރަކާތް ލައްވާތޯ ދުޢާކުރައްވާށެވެ! އަދި އެބޭފުޅާގެ ޢިލްމުން ޢިލްމު ލިބުމަށް އެދި މަސައްކަތް ކުރަ ބަޔަކު ކަމުގައި އަޅަމެން ލައްވާންދޭނޥެ!



